ދިފާއީ ނިޒާމް ބަލިކަށިކޮށްލާ 4 ބާވަތެއްގެ ކާނާ

ހަކުރު

ހަކުރަކީ ދިވެހިން ވަރަށް އާންމުކޮށް ކައި އުޅޭ ބާވަތެކެވެ. އާންމުކޮށް ކެފޭ ނުަވަތް ރެސްޓޯރަންޓަކުން އެންމެ ގިނައިން އޯޑަރކޮށްލެވެނީ މިލްކްޝޭކްފަދަ ގިނައިން ހަކުރު އެކުލެވޭ ބާވަތަކަށެވެ

މާގިނައިން ހަކުރު ބޭނުންކުރުމުން މޫޑަށް ބަދަލު އަންނަކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ. އެހެންވީމާ، ވީހާވެސް މަދުން ހަކުރު ބޭނުންކުރުމަށް އާދަކުރަންވާނެއެވެ

އޮބީސިޓީ ނުވަތަ ފަލަބަލި ޖެހޭ މައިގަނޑު ސަބަބަކީ މާގިނައިން ހަކުރު ބޭނުންކުރުމެވެ. މީގެ އިތުރުން ހަކުރަކީ ހަޖަމުގެ ނިޒާމަށް އިތުރު ބުރައެއް ކުރިމަތިކުރުވާ ބާވަތެކެވެ

ދަޅުކާނާ

ކާބޯހައިޑްރޭޓްސް އަކީ ހަކަތަ އުފެއްދުމަށް މުހިންމު މާއްދާއެއްކަމުގައި ވިޔަސް ޕްރޮސެސްކޮށްފައިވާ ކާބޯތަކެތީގެ ސަބަބުން ލޭގެ ތެރޭގައި ހަކުރުގެ މިންވަރު މަތިކޮށްދެއެވެ. މިއީ ސިއްހީ ގޮތުން ނުރައްކާތެރި ކަމެކެވެ. މިފަދަ ބާވަތްތަކަކީވެސް ހަކުރު ބަލި ޖެހުމަށް މެދުވެރިކުރުވާ ބާވަތްތަކެކެވެ

ކޮފީ

ކޮފީގައި އެކުލެވޭ ކެފެއިންއަކީ މާގިނައިން ބޭނުންކުރުމުން ހަށިގަނޑަށް ގެއްލުން ލިބިދޭ މާއްދާއެކެވެ. މާގިނައިން ކޮފީ ބުއިމުން ނިދުމަށް އަސަރުކޮށްފާނެއެވެ. މީގެ އިތުރުން ބޮލުގައި ރިއްސުމާއި، ލޭގެ ޕްރެޝަރު މަތިވުމާއި، ލޮޑުވުމަކީ ވެސް ދިމާވާނެ ކަންތައްތަކެވެ. މާގިނައިން ކޮފީ ބުއިމަކީ ހިތުގެ ބަލިތަކަށް ހުށަހެޅިދާނެކަމެކެވެ.

މަސްނޫއީ ހަކުރު ނުވަތަ އާޓިފިޝަލް ސްވީޓްނަރ

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާ އިން ވަނީ އާޓިފިޝަލް ސްވީޓްނަރއަކީ ސިއްހަތައް ގެއްލުންދޭ އެއްޗެއްކަމަށާއި އާޓިފިޝަލް ސްވީޓްނަރ ބޭނުން ނުކުރުމަށް އަންގާފައެވެ. އެ ޖަމްއިއްޔާއިން ބުނެފައިވަނީ އާޓިފިޝަލް ސްވީޓްނަރގެ ސަބަބުން ހަކުރުބަލި އިތުރަށް ގޯސްވުމަށް މަގުފަހިވާ ކަމަށާއި އެ ނިންމުން ނިންވާފައިވަނީ ގިނަ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.