ތަކެތީގެ އަގު ދިޔައީ ދަށަށް: ރައީސް ސާލިހް، ތަކެތީގެ އަގު ދިޔައީ މައްޗަށް: ރައްޔިތުން

ރިޔާސީ އިންތިހާބުގެ ފޯރި ގަދަވަމުން އަންނަ އިރު ރައީސް ސޯލިހްގެ ވައުދުތައް ދަނީ އިތުރުަވަމުންނެވެ. މީގެ އިތުރުން ދެކެވޭ ބައެއް ވާހަކަތަކަށް ރައީސް ސާލިހް ގެންދަވަނީ ރައްދުދެއްވަމުންނެވެ. ރައީސް ޔާމީން ސިޔާސީ ހުކުމެއްގައި ޖަލުގައި އޮންނަވަނިކޮށް އަދި އެކަމުގެ ފަހަތުގައި ވަނީ ރައީސް ސޯލިހް ކަމަށް ގިނަ ބަޔަކު ދެކޭއިރު، އިނދިކޮޅުން ކެމްޕޭންކޮށް އިންތިހާބު ކާމިޔާބުކުރުމަށް ވަރަށް ފަހުން ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. ބައެއް މީހުން ދެކޭ ގޮތުގައި ރައީސް ސޯލިހް ބޭނުންވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް ޖަލުގައި ބާއްވައި އިންތިހާބު ކާމިޔާބު ކުރާށެވެ.

ސޯޝަލް މީޑިޔާގައި ރައްޔިތުން ދައުރުކުރަމުން އަންނަނީ ތަކެތީގެ އަގަށް އައި ބަދަލުތައް ހިއްސާކުރަމުންނެވެ. މި ގޮތުން އާންމުކޮށް ކެއުން ބުއިމަށް ބޭނުންކުރާ ތަކެތި ދަނީ އަގު ބޮޑުވަމުންނެވެ. މިފަދަ ހަގީގަތަކީ އޮޅުަވާލަން އުދަގޫ ހަގީގަތްތަކެވެ. ސަބަބަކީ ކަންމަތީ ފިހާރައަށް ދައްކަންޖެހޭ ބިލަށް ކުރިޔާ އަޅާބަލާއިރު އިތުރުވަމުން އަންނަ މިންވަރު ރައްޔިތުމީހާއަށް އަމިއްލައަށް އިހުސާސްކުރެވޭތީއެވެ.

Leave a Reply